Ads by
ދީން
މުޖްތަމަޢެއް ތަހުޒީބު ވާނީ އެ މުޖްތަމަޢެއްގައި ހުރި ނޭއްގާނީ ކަންކަން މަނާކުރެވިގެން: ޚުތުބާ

މުޖްތަމަޢެއް ތަހުޒީބު ވާނީ އެ މުޖްތަމަޢެއްގައި ހުރި ނޭއްގާނީ ކަންކަން މަނާކުރެވިގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނީ އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާބެހޭ އިލްމު އާންމު ކުރުމާއި، އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި، މުޖްތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމަށެވެ.

އަދި އެ މުޖްތަމައެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭނެނަމަ އެބަޔަކު އެވަނީ، އެބައެއްގެ އަމިއްލަ އަތްތަކުން، ހަލާކުގެ ދޮރުތައް ހުޅުވާފައި ކަމަށާއި މުޖްތަމަޢެއް ތަހުޒީބު ވާނީ އެ މުޖްތަމަޢެއްގައި ހުރި އެންމެހައި ނޭއްގާނީ ކަންކަން މަނާކުރެވި, ހެޔޮކަންތައްތަކަށް އަމުރު ކުރެވިގެން ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން އެބައެއްގެ އަޤީދާއާއި ސަގާފަތާއި, ލެޔާއި, މުދަލާއި, އަބުރަށް އަމާންކަެއް ނެތް މުޖްތަމަޢެއް އެއީ ތަހުޒީބު މުޖްތަމަޢެކޭ ނުބުނެވޭނެ ކަަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *