Ads by
ޚަބަރު
ރައީސް ބައިވެރިވެވަޑައިގަންނަވާ ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ހޮނިހިރުދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ads by Eki Online

މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖްއިން މިއަދު ހާމަކުރިގޮތުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ ހަނދާނަށް ޚާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ގައުމީ ބަތަލުންނަށް ޝުކުރު އަދާކޮށް ޒިކުރާ އައު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ އިތުރުން ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އިއްޒަތްތެރީންނާއި ދައުލަތާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ދައުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި ޖަލްސާ ޓީވީ އާއި ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ބަޗީ3 މަސް ކުރިން

ދިވެހި ދަރިންގެ ހިތްތަކުގައި ދީނީ އަދި ޤައުމީ ލޯބި އާލާކުރުމަށް، ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގައި ރަސްމީކޮށް މިފަދަ ދުވަސްތައް ފާހަގަކުރުން ވަރަށް މުހިއްމުކަމަށް ދެކެން.

0
0