Ads by
ޚަބަރު
ބޮޑު ސަރަހައްދަކަށް މޫސުން ގޯސް, ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Ads by Eki Online

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ތ.އަތޮޅަށް މެންދުރު 13:00 ޖެހުމާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށެވެ.


ރާއްޖޭގެ އުތުރުގެ ސަރަަހައްދާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *