Ads by
ޚަބަރު
ކުޑަ ދުވަސް ކޮޅެއް ތެރޭ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއެކު ޕީޕީއެމް،ޕީއެންސީ މަޖިލިސް ޕްރައިމަރީއަށް: ކުޅުދުއްފުށި ދެކުނު ދާއިރާއަށް ފަރުޙަތު މުހައްމަދު (ފަރޭ)

ޕީޕީއެމް/ޕީއެންސީ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާއަށް ފަރުޙަތު މުޙައްމަދު (ފަރޭ) ވާދަކުރައްވަން ނިންމައިފިއެވެ.

Ads by Eki Online

ފެށުނީއްސުރެ ދާއިރާގެ އަދި ރަށުގެ އިޖުތިމާއީ މަސައްކަތްތަކުގައި އިސްކޮށް ފަރުޙަތު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ކުޅުދުއްފުއްޓަށް އުފަން ފަރުޙަތަކީ އޮފީސް މެނޭޖްމެންޓް ދާއިރާއިން ޑިޕޮލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި ފަރަޙަތު މިހާރު އަންނަނީ މެނޭޖުމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

ފަރުޙަތަކީ ފެށުނީއްސުރެ ޕީޕީއެމް/ޕީއެންސީ ފިކުރުގައި މަސައްކަތްކުރާ ކުޅުދުއްފުށީގެ ޒުވާނުންގެ އިހްސާސްތައް ވަރަށް ގާތުން ދަންނަ ފަރާތްތަކެވެ. ޒުވާނުންނާއި ދާއިރާގެ ރައްޔިތުންގެ މެދުގައި މަގުބޫލު، ސިޔާސީގޮތުން ބަސްވިކޭ، ރައްޔިތުންނާ ރައްޓެހި ޒުވާނެކެވެ.

ފަރުޙަތު މި ޕްރައިމަރީގައި ވާދަކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ދާއިރާގެ ޒުވާނުން ބާރުވެރިކުރުވައި އެ ޒުވާނުންނަކީ މުޖުތަމައުގައި މުހިންމު ބައެއްކަން އަމަލީ ގޮތުން ސާބިތު ކޮށްދިނުމެވެ. އަދި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ދާއިރާގެ ތަރައްގީގެ އެންމެ މުހިންމު ބަޔަކީ ޒުވާނުންކަމުގައި ހެދުމުގެ އަޒުމުގައެވެ.

ރަށުގެ އެކި އެކި ކަންކަމުގައި ފަރޭ ބައިވެރިވަމުންދަނީ…

ފަރުޙަތު ބޭނުންވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް އިހްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމަށެވެ. ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ތަކުލީފުތަކުން މިންޖުކޮށްދީ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމެވެ. ފަރުޙަތު ދެއްވާ ޔަގީންކަމަކީ އޭނާއަކީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ވަރަށް ގާތުން ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތްކުރާނެ މީހެއް ކަމެވެ.

ސިޔާސީ ދާއިރާއަށް ނިކުތުމުގެ ކުރިން ފަރުޙަތު ވަނީ ފުލުހުންގެ ވަޒީފާގައި 19 އަހަރާއި 3 މަސް ހޭދަކޮށްފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިވިއިރު ފަރުޙަތު ހުރީ ސީނިއާ ސާޖެންޓް މަގާމުގައެވެ. ފުލުހުންގެ ވަޒީފާގައި އުޅުނުއިރު ފަރުޙަތު ވަނީ އެކި ކަހަލަ ތަމްރީންތައް ފުރިހަމަކޮށްފައެވެ. އެގޮތުން ޕަބްލިކް އޯޑާ ޓްރޭނިން ކޯހާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކަލް އިންސްޓްރަކްޓަރ ޓްރެއިނިން ޕްރޮގުރާމުގެ އިތުރުން ސީން އޮފް ކްރައިމް އޮފިސަރ  ކޯސްވެސް ވަނީ ފުރިހަމަ ކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *