Ads by
ޚަބަރު
ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި

މީޑިއާގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޝަހީބަށް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އައްޔަނުކޮށްފިއެވެ.

Ads by Eki Online

ޝަހީބު އެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ޝަހީބު ވަނީ މީގެ ކުރިން ސަރުކާރަށް ހިދުމަތްކޮށްދީފައެވެ. އެގެ ތެރެއިން ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ. އެ މަގާމުގައި ތިން އަހަރު ހޭދަ ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވެވިއެވެ.

ޝަހީބަކީ، ނޫސްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ނޫސްވެރިކަމުގެ ރޮނގުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން ވެސް އޭނާ އަށް ލިބިވަޑައިގެންފައިވެއެވެ. ޝަހީބު ނޫސްވެރިކަން ފެއްޓެވީ “ހަވީރު” ނޫހުންނެވެ. އޭގެ ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވިއެވެ. އަދި މިހާރު “އަދިވެސް” ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުން ގެންދަވައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *