Ads by
ޚަބަރު
58 މީހުންނާއެކު ދަތުރުކުރި ބަހާދަރު ބޯޓު ފަރަށް އަރައިފި

58 މީހުންނާއެކު ދަތުރުކުރި ކުޅުދުއްފުށީ ބަހާދަރު ބޯޓެއް ފަރަށް އަރައިފިއެވެ.

Ads by Eki Online

އެމްއެންޑީއެފުން ވިދާޅުވީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި “ބަހާދަރު” ނަމަކަށް ކިޔާ ބޯޓެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ބޯޓުގެ 10 ފަޅުވެރިންނާއި، 6 އަންހެނުންނާއި، ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ “ބަހާދަރު” ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ރޭ ދަންވަރު 02:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، “ބަހާދަރު” ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

“ބަހާދަރު” ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން، “ފްލަޔިންގ ފިޝް 17” ނަކަމަށް ކިޔާ ދޯންޏެއްގައި ހދ. ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަނީ ދަތުރުކުރަމުންނެވެ.

ފަރަށް އަރާފައިވާ “ބަހާދަރު” ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *