Sunday, 26 July 2026
Ads by

އިންޑިއާގެ އެހީގައި 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ އެހީގައި 28 ރަށެއްގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކުރައްވައިފިއެވެ.

Ad Image
Ads by

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްޤީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.

1- ހއ. ކެލާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
2- ށ. ފުނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
3- ނ. މަނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
4- އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
5- އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
6- ކ. ކާށިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
7- ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
8- ވ. ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
9- ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
10- ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
11- ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
12- ދ. މީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
13- ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
14- ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
15- ލ. މާބައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
16- ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
17- ލ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
18- ލ. ގަމުގައި ފެނުގެ ނިޒާމް ޤާއިމްކުރުން
19- މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
20- މ. މުލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
21- މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
22- ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
23- ގއ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
24- ގއ. ދާންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
25- ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
26- ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
27- ގދ. ހޯޑެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
28- ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި