Ads by
ކުޅިވަރު
ބާސާގެ މައްޗަށް ކުރި ހޯދައި ޖިރޯނާ އެއްވަނައަށް

ސްޕެއިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ ބަލިކޮށް ޖިރޯނާ ޓޭބަލްގެ އެއްވަނައަށް އަރައިފިއެވެ.

Ads by Eki Online

ބާސެލޯނާ އަތުން ޖިރޯނާ މޮޅުވީ 4 ލަނޑު 2 ލަނޑުންނެވެ. މިއީ ބާސެލޯނާ އަތުން ލީގުގައި ޖިރޯނާ މޮޅުވީ ފުރަތަމަ މެޗެވެ.

ރޭ ހޯދި މޮޅާ އެކު ޖިރޯނާއިން ވަނީ އެއްވަނައިގައި 2 ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ.އަދި ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ޖިރޯނާގެ ޔޫކްރޭން ފޯވާޑް އާޓެމް ޑޮބީކް މެޗުގެ 12 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ. އަދި މާގިނަ އިރެއްނުވެ 19 ވަނަ މިނެޓުގައި ބާސާގެ ރޮބަޓް ލެވަންޑޯސްކީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާ އިން އަނެއްކާ ވެސް ލީޑް ނެގީ ކުރިން ރެއާލްގެ ޔޫތު ޓީމަށް ކުޅުނު މިގުއެލް ގުޓިއަރެޒް ޖިރޯނާގެ ލަނޑުންނެވެ.

ނަތީޖާ އަށް ބަދަލު އައީ އަނެއްކާ ވެސް ދެވަނަ ހާފުގެ ފަހުކޮޅުގައި ވެލަރީ ފެނާންޑޭޒް ޖިރޯނާ އަށް ލީޑް ފުޅާކޮށްދިނުމުންނެވެ. ބާސާގެ 2 ވަނަ ލަނޑު ޖެހީ ގުންޑޮގާން އތުރު ވަގުތުގެ ދެވަނަ މިނެޓްގައެވެ. އޭގެ ތިން މިނެޓް ފަހުން ޖިރޯނާގެ ހަތަރުވަނަ ލަނޑު ޖަހައި ލީޑް ފުލާކުރިއެވެ.

ސިޓީ ފުޓްބޯލް ގްރޫޕްގެ ހިއްސާއާ އެކު ހިނގަމުން އަންނަ ޖިރޯނާ އިން އަންނަނީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ތަފާތު ދައްކަމުންނެވެ. ސްޕެނިޝް ލީގުގައި ހަތަރު ވަނަ ސީޒަން ހޭދަކުރަމުން އަންނަ ޖިރޯނާ މީގެ ކުރިން އެންމެ މަތިން ވެސް ލީގު ނިންމާފައިވަނީ 10 ވަނައިގައެވެ. ނަމަވެސް، މި ސީޒަނުގައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވައި، ޖިރޯނާ އަންނަނީ ލީގު ތައްޓަށް ވާދަކުރަމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *