Ads by
ޚަބަރު
އަންނަ މަސްތެރޭ މިފްކޯގެ އިތުރު 2 ބޯޓެއްގެ މަސައްކަތަށް ނެރެނީ
ފޮޓޯ: މީސް މީޑިޔާ

މިފްކޯގެ މަސް ގަންނަ މޯބައިލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ގެނައުމަށް ޕްލޭންކޮށްފައިވާ މަސްކިރާ ބޯޓްތަކުގެ ތެރެއިން 2 ބޯޓެއްގެ މަސައްކަތް ނިންމައި ކުރިއަށް އޮތް މަސްދުވަސް ތެރޭ މަސައްކަތަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެން ދިޔަ ދައުރުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްގެ ކަރުދާހު މަސައްކަތް ކުރެވިފައި ވިނަމަވެސް، ޢަމަލީ މަސައްކަތްތަކަށް ހަލުވިކަން އަންނަން ޖެހޭ ކަމަށެވެ.

ރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *