Thursday, 8 October 2026
Ads by

ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު 2 ފަހަރު ބޭއްވުމަށް ގާނޫނުނަށްގެނައި އިސްލާޙު ފާސްކޮށްފި

ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު 2 ފަހަރު ބޭއްވުމަށް ގާނޫނުނަށްގެނައި އިސްލާޙު ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު 2 ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ad Image
Ads by

އެ އިސްލާހު އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. އެ ބިލް ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރުމަށްފަހު މިއަދު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 74 މެންބަރެކެވެ. އޭގެ ތެރެއިން 67 މެންބަރަކު ފާސްކުރަން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 7 މެންބަރުންނެވެ.

އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން 60 ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.

ކައުންސިލުތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ބައި-އިލެކްޝަންތައް ބާއްވަން ޖެހެއެވެ.

އެކަމާ ގުޅިގެން ޝަފީއު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އޭގެ ސަބަބުން ހަރަދުތައް އިތުރުވަމުންދާތީ ކައުންސިލްގެ ގޮނޑި ހުސްވާތާ 183 ދުވަސް ތެރޭގައި އެ އިންތިހާބު ބޭއްވުމަށް އިތުރުކުރުމަށެވެ. އެހެންނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން އެ އިސްލާހުގައި ބުނެއެވެ.

އެ އިސްލާހާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހިމް ހުށަހެޅުއްވިއެވެ.

އެ އިސްލާހަށް ވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު ފާސްވެފައިވަނީ 67 މެންބަރުގެ ވޯޓުންނެވެ. އެ ވޯޓުގައި 75 މެންބަރަކު ބައިވެރިވެފައިވާއިރު 8 މެންބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ އެ އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު ދެ ފަހަރު ކަމަށާއި ދެ ބައި-އިލެކްޝަން ދެމެދުގައި 183 ދުވަހަށްވުރެ ދިގު އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Yamin 565
ޔާމީން ވެރިކަމަށް ކުރިމަތިލިޔަނުދޭން ސަރުކާރުން އުޅޭކަމަށް ތުހުމަތުކޮށްފި
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ