ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާނީ މިފަހަކަށް އައިސް ރާއްޖޭގައި 2 ދައުރު ފުރިހަމަކުރާ ހަމައެކަނި ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ .
ޕީއެންސީން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ ހަރުގެ ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން މެންބަރު ފަލާޙް ވިދާޅުވީ ކުރީގެ ސަރުކާރުން ޤައުމު އޮތީ “މަރާލާފައި” ކަމަށެވެ. ނަމަވެސް، ރައީސް ޑރ.މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމުގެ ކަންކަން އަލުން ރަނގަޅު ކުރެއްވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ގެއްލުމެއް ނުވަތަ ދަތިކަމެއް ވެދާނެ ކަންކަމަށް ރައީސް އަބަދުވެސް ވިދާޅުވާނީ “ނޫނެކޭ” ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ ރައްޔިތުން ރައީސް މުޢިއްޒަށް ދެއްވަމުންދާ ތާއީދަށް ބަލާއިރު، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައީސް މުޢިއްޒުގެ ޓީމު ކާމިޔާބު ހޯއްދަވާނެ ކަމަށް ފަލާޙް ލަފާކުރެއްވިއެވެ.
ކަލެއަޢްﷲއިރާދަކުރައްވާގޮތް އެންގެވީކޮންފަރާތަކުން
ކަލޭފުރަތަމަﷲއަޢްތައުބާވޭ
އިރާދަ ކުރެއްވިއްޔާ ތިކަމެއް ނުވާނެ