Wednesday, 9 September 2026
Ads by

ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކުރޭ: އެޗްޕީއޭ

ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކުރޭ: އެޗްޕީއޭ

އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެޗްޕީއޭ އިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމަށް އަހަރެއްގެ މައްޗަށް، 1.8 ބިލިއަން ރުފިޔާ ހޭދަކުރެއެވެ. އަދި އަހަރެއްގެ މައްޗަށް ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓްގެ ޢަދަދަކީ 400 މިލިއަން ކަމަށްވެސް ތަފާސްހިސާބުތަކުގައިވެއެވެ.

އޭގެ އިތުރުން ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އަހަރެއްގެ މައްޗަށް އެތަކެއް ލައްކަ ރުފިޔާ ހޭދަކުރާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގައި 13 އަހަރާއި 17 އަހަރާއި ދެމެދު ޢުމުރު ފުރައިގެ ކުދިން ޢުމުރުން 8 އަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ކަމަށެވެ. އަދި 2019 ގެ ހިސާބުތައް ދައްކާގޮތުން ދުންފަތުގެ އިސްތިޢުމާލުކުރާ ކުދިންގެ ޖުމްލަ ނިޞްބަތްވަނީ 11.2 އިންސައްތައިން 45.7 އިންސައްތައަށް އިތުރު ވެފައިކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައިވެސް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ގިނަ ޢަދަދަކަށް މީހުން ބަލިތަކަށް ހުށަހެޅި، މި ކަމަށް ފަރުވާ ކުރުމަށް އަމިއްލަ ޖީބުންނާއި ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޒުވާން އާބާދީއާއި މެދުއުމުރު މީހުންގެ މެދުގައި، ދިގުމުއްދަތަށް ބޭސް ކުރަންޖެހޭ ބަލިތައް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

”ސްކޫލް ކުދިންނާއި ވަޒީފާ އަދާ ނުކުރާ ޒުވާނުން ހިމެނޭހެން، ދުންފަތުގެ އެކިއެކި ބާވަތްތައް ގަނެ ބޭނުން ކުރުމަށް ތިމާއަށްލިބޭ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަންޖެހެއެވެ. އެހެން ކަމުން ދުވަހުން ދުވަހަށް މަހުން މަހަށް ޚަރަދުތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ގޮންޖެހުމަކަށް ވެއެވެ.“ އެޗްޕީއޭއިން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި