Ads by
ޚަބަރު
ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ ނައިބު ލީޑަރުކަމަށް 4 ބޭފުޅަކު ކުރިމަތިލައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަޤާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

Ads by Eki Online

5 ނައިބު ލީޑަރުން ތިއްބަވާ ޖުމްހޫރީ ޕާޓީން ނައިބު ލީޑަރެއްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި އިޤްބާލު އާދަމް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ޖޭޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލެއްވީ

  • ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާ
  • ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކް
  • ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙް
  • ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދު

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަޢުދެވެ.

ޖުމްހޫރީ ޕާޓީން މައުލޫމާތުދޭގޮތުގައި، ހުސްވެފައިވާ ނައިބުގެ މަޤާމަށާއި ހުސްވެފައިވާ އެޕާޓީގެ އެހެން މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުން މާދަމާ ކުރިއަށް ގެންދާނެކަމަށެވެ.

މާދަމާ މެންދުރު ފަހު 14:00ގައި ބާއްވާ އެ އިންތިޚާބުގައި ވޯޓުލާނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *