Ads by
ޚަބަރު
މަސްވެރިންގެ ގޮންޖެހުންތައް އަނޑުއަޙަ މަޝްވަރާ ކުރުމަށް “މަސްވެރިންގެ ގުންޒަރު” މިއަދު ފަށައިފި

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން “މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ.

Ads by Eki Online

މި ފޯރަމް ފަށާފައި މިވަނީ 43 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ.

ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކުގެ އަޑު އަހައި އެކަމަަށް ޖުމްލަ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި މަޝްވަރާ ކުރާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ލިބިފައިވާ އެމްއެސްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާއި ޔޫރަޕާއި އެމެރިކާ ކަހަލަ މާކެޓްތަކަށް ބޮޑުކަންނެލީގެ އެކްސްޕޯޓް ކުރުން މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާއި ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޑައިވިން އެކްސިޑެންޓްތައް މަދުކުރުމަށް މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިން ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމު ކަމާއި ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *