Sunday, 26 July 2026
Ads by

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.

Ad Image
Ads by

ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށް އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށް ކަމަށް ވިދާޅުވިއެވެ.

ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނޭޝަނަލް އެމަޖެންސީ ސާވިސްއިން ދެމުން އަންނަ ހިދުމަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާފަ އެވެ.

ހެލިކޮޕްޓަރުގައި ފަތުރުވެރިން އުފުލުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތަށް 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ޓްރާންސްޕޯޓް މިނިސްޓްރީން ދޭނެއެވެ. އަދި އީއޯއައިއަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެއެވެ. ޕްރޮޕޯސަލް ހަދަން ޖެހޭނީ ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތަށެވެ.

އީއޯއައި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އީމެއިލް މެދުވެރިކޮށް ނުވަތަ އެ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފީހުގެ ތިންވަނަ ފަންގިފިލާއަށް ހުށަހެޅޭނެ ކަމަށެވެ.

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާ އެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ހިދުމަތް ތައާރަފު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަ އާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި