Monday, 9 February 2026
Ads by

ހާލަތު ގޯސްވުމާއި ގުޅިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދު ކަނޑާލައިފި

ހާލަތު ގޯސްވުމާއި ގުޅިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދު ކަނޑާލައިފި

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން، ގައުމީ އެއަރލައިން މޯލްޑިވިއަނުން ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

Ad Image
Ads by MN Maldives

ޤައުމީ އެއަރލައިންގެ ފަރާތުން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ޤައުމުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ދަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމުގެ އެއަރޕޯޓު ވަނީ 6 ގަޑިއިރަށް ބަންދުކޮށްފައެވެ. މި ހަމަނުޖެހުންތައް ފެށުނީ ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގައި ގެންގުޅޭ އުސޫލުތަކާމެދު ޔުނިވަރސިޓީ ދަރިވަރުން ހިތްހަމަނުޖެހިގެން ފާއިތުވި މަހު ފެށި މުޒާހަރާތަކާ ގުޅިގެންނެވެ.

އިއްޔެ މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ޤައުމު ދޫކޮށް ދިއުމަށް މަޖުބޫރުވި ހިސާބަށް ކަންތައްތައް ގޮސްފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން ހަސީނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އަސްކަރިއްޔާއިން ވަނީ ވަގުތީ ސަރުކާރެއް އުފެއްދުމަށް ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހަސީނާ
ހަސީނާ
1 އަހަރު ކުރިން

މަ ނުދެނަ ހުރިން ތިވަރުކަމެއް ހިނގާ ނިމިގެން ދިޔައިރު

Ads by
ފަހުގެ ޚަބަރު
new
ސްޕެއިންގެ ކޯޗަކާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް އިއުލާނުކޮށްފި
cbm
1895 ޕޮއިންޓާއެކު މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކަށް ރިޒާން
halal tourism
ހަލާލް ޓޫރިޒަމް މޮޑެލްއަށް ދެކުނުގައި ދެ ރިސޯޓެއް ތަރައްޤީކޮށް ހިންގަން ހުޅުވާލައިފި
pakistan
ޕާކިސްތާނުގެ މިސްކިތް ގޮއްވާލި ހަމަލާ ރޭވި މީހާ ހައްޔަރަށް!
Ads by
މަގުބޫލު
pnf meeting
ކައުންސިލް އިންތިޚާބުގަ ޕީއެންއެފުން ވާދައެއްނުކުރޭ، ތާއީދުކުރާ ކެންޑިޑޭޓުން ވާދަކުރަނީ އަމިއްލަގޮތުން!
breaking
އިބޫ ސޯލިހު ފޯޅަވަހި ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނައުމަށް އެދި ލިޔުނު ސިޓީގައި ރައީސް ސޮއިކުރައްވައިފި
shujjaa
ރައީސް މުޢިއްޒު ވަޒީރުކަމުން، މޭޔަރުކަމުން، ރައީސްކަމަށް، މާލެއަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ: ޝުޖާއު
muizzu riyaasee bayaan
ފުރަތަމަ ފަހަރަށް ރަސްމީ ރިޒާވަށް 1.1 ބިލިއަން ޑޮލަރު، މިއީ ތާރީޚީ އަދަދެއް: ރައީސް