Ads by
ދީން
ކަންބޮޑުވުމާއި, މާޔޫސްވުން ފަދަ ކަންތައްތަކުން ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަޤީދާ: ޚުތުބާ

ކަންބޮޑުވުމާއި, ނުތަނަވަސްކަމާއި, މާޔޫސްވުން ފަދަ ކަންތައްތަކުން ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަޤީދާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި އިސްލާމްދީން ބިނާވެގެންވަނީ އަގީދާއާއި އަމަލުގެ މައްޗަށް ކަމަށެވެ. އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށާއި ސައްހަ އަގީދާއަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ ކަމަށެވެ.

އަދި ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅުނެގިފައިނުވާ ނަމަ އެ ދަރިން އިސްލާމް ދީނާ ހިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި ހައްގު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާއިމެދު ސަމާލުވާންޖެހޭ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *