Monday, 17 February 2025
Ads by

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރައްވައިފި

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދު މުނައްވަރާއި ބައްދަލުކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
2bada6e4b32f43d7fca7689d75b1e936
ދެ ވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ