Ads by
ޚަބަރު
އެމްޑީޕީން މާލެ ސިޓީ ގޮޑިތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން މިރޭ ފަށަނީ

މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް މިރޭ ފެށުމަށް ނިންމައިފިއެވެ.

Ads by Eki Online

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓްއެއްގައި ކެމްޕޭން ފެށުމުގެ ދައުވަތު އެޕާޓީގެ ހުރިހާ މެމްބަރުންނަށް ފޮނުވާކަމަށް ބުނެފައެވެ. މިގޮތުން ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ޓިކެޓު ދޭން އެމްޑީޕީން ނިންމާފައެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބުނު އިތުރު ފަރާތްތައް:

  • މެދު ހެންވޭރު ދާއިރާ – އަހުމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
  • ހެންވޭރު ދެކުނު ދާއިރާ – ހައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
  • މާފަންނު ދެކުނު ދާއިރާ – އަހުމަދު އިމްރާން – މ. ފަޅުމަތީގެ / މާލެ

މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *