Ads by
ވިޔަފާރި
ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު: ރައީސް ރަނިލް

އިންޑިއާ އަދި ޗައިނާ އާއެކު ދަރަނި ރީސްޓްރަކްޗާ ކުރުމަށް ނުވަތަ ދަރަނި އަލުން އެކުލަވާލުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުކަމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވިދާޅުވެފައިވަނީ އެ ދެ ގައުމާ އެކު ދަރަނި އަލުން އެކުލަވާލުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓެއް ހޯދުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

“މި މަޖިލީހަށް އަޅުގަނޑު ދަންނަވާލަން އޮތީ، ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު ވާ ވާހަކަ. ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އެ ކަމުގައި ޖަވާބެއް ލިބޭނެ،” ރައީސް ވިކްރަމަސިންހަ ވިދާޅުވިއެވެ.

ލަންކާ އަށް ކުރިމަތިވި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް އެ ގައުމުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ހަރަދުތައް ކުރުމުގައި އަމަލުކުރަމުން އައި އުސޫލުތައް ހަރުކަށިކޮށް ނަގަމުން އައި ޓެކްސްތައް ވެސް ވަނީ ބޮޑުކޮށްފައެވެ. މިހާރު ކުރިޔަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝޭހަން ސެމާސިންގެ ވިދާޅުވީ، މި އަހަރުގެ މާޗް މަހުގެ ތެރޭގައި އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ރުހުން އެ ގައުމަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެ ގައުމުން އެންމެ ބޮޑަށް މަޝްވަރާ ކުރަމުން ދަނީ އިންޑިއާ އަދި ޗައިނާ އާއެކު އެކުގައެވެ. އެ ގައުމުތަކުގެ އިތުރުން ޖަޕާނާއި މުއްސަނދި އެހެން ގައުމުތަކުގެ އެއްބާރުލުންވެސް ލަންކާ އަށް ވަނީ ބޭނުންވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *