Ads by
ޚަބަރު
ފެނަކާގައި 2500 ކޮންޓްރެކްޓް ސްޓާފުން: 1868 ކޮންޓްރެކްޓް ނިމިދިޔަ މަހަށް ހަމަވި

ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބާއި ގާތްކޮށް ވެއްދި މުވައްޒަފުންގެ ތެރެއިން 1800 އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ހަމަވެފައިވާކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ފެނަކައިން މުވައްޒަފުން ވަކިކުރާކަމަށް ބުނެ އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވައްދާފައެވެ. އަދި މި މައްސަލަ އެގެންޑާކޮށް ވާހަކަ ދައްކަމުން އެމްޑީޕީ މެންބަރުން ވިދާޅުވީ ވަޒީފާއިން ވަކި ކުރާނަމަ ވަޒީރުންނަށް މަޖިލީހުން ރުހުންނުދޭނެކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް ވިދާޅުވީ، އެކުންފުނީގެ ކެޕޭސިޓީއަށްވުރެ މާބޮޑަށް އިތުރަށް ކުރީ ސަރުކާރުން މުވައްޒަފުން ނަގާފައިވާކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ބޭނުމަށް އެއްވެސް ލިޔެކިޔުމެއް އަދި ކޮލިފިކޭޝަނެއް ނެތި ގިނަ ޢަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން ވައްދާފައިވާކަން މުޢާޒް ފާހަގަކުރެއްވިއެވެ.

މުޢާޒް އިތުރަށް ވިދާޅުވީ ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި ގިނަ ޢަދަދެއްގެ މުވައްޒަފުން އެކުންފުންޏަށް ވައްދާފައިވާއިރު، މިދިޔަ މަހުގެ ނިޔަލަށް  އޭގެތެރެއިން 1868 މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެފައިވެއެވެ.

8000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރޭގައި އެބަތިބި 2500 ކޮންޓްރެކްޓް ސްޓާފުން. އަޅުގަނޑަކަށް ނޭނގެ މިހާ ގިނަ މުވައްޒަފުން ލައިގެން ކުރަން އުޅެނީ ކޮންމަކެއްކަމެއް

– މުޢާޒް

ފެނަކައިގެ ތަސައްވުރު ކިލަނބުވެ، އެކުންފުނީގެ ދަރަނިވެސް އިންތިހާއަށް ބޮޑެވެ. މުޢާޒް ހާމަކުރިގޮތުގައި އެކުންފުނީގެ ދަރަނި 4 ބިލިއަނަށް އަރާކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *