Tuesday, 17 November 2026
Ads by

ކެޓް ޝެލްޓާގެ %70 މަސައްކަތް ވަނީ ނިމިފައި: މޭޔަރ އާޒިމް

ކެޓް ޝެލްޓާގެ %70 މަސައްކަތް ވަނީ ނިމިފައި: މޭޔަރ އާޒިމް

ހުޅުމާލާގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ކެޓް ޝެލްޓަރގެ %70 ނިމިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ސެންޓަރު ހަދަމުންދަނީ ހުޅުމާލެ ފަރުކޮޅުފުށީގައެވެ. ސަރުކާރުންވަނީ ބުޅާތައް ބެހެއްޓުމަށް ޚާއްސަކޮށްގެން އަޅާ ކެޓް ސެންޓަރު އަޅަން 5،000 އަކަފޫޓުގެ ބިމެއް މާލޭ ސިޓީ ކައުންސިލަށް ޚާއްސަ ކޮށްދީފައެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރޭ މާލޭ ސީޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަތުމަތީގައި އުޅޭ ބުޅަލުގެ އުދަނގޫ އާންމު ރައްޔިތުންނަށް ބޮޑު ވެފައިވާއިރު، ބުޅާތަކަށްވެސް ދަނީ އަނިޔާ ލިބެމުން ކަމުގައެވެ.

މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު އަޅަމުންދާ މި ސެންޓަރ ނިމޭއިރު ބުޅަޅަށް ޚާއްސަ ހޮޓަލެއްގެ އިތުރުން ޕާކަކާއި ބުޅާތަކަށް ފަރުވާ ދެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމުގައެވެ.

ދާއިމީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައެވެ. އެކަން ނިންމާ، އެއްބަސްވުމުގައި ސޮއި ކޮށް ބިން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި