Ads by
ޚަބަރު
މަޖިލިހުގެ 3 ވަނަ ދައުރު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދަންމާލަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރު ދަންމާލަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.

Ads by Eki Online

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދަން ބޭނުންފުޅުވާކަމަށެވެ. ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ކުރަން ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ފަހުން ނެގި ވޯޓުގައި، ދައުރު ދިގު ދަންމާލަން ފާސްވީ 43 މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، 3 ވަނަ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީ އަށް ދާން އޮތީ މާދަމާ އިން ފެށިގެންނެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިސް އޮންނާނީ ޗުއްޓީގައެވެ.

މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ކުރިއަށް ނުގެންދެވި އެވެ. އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި އޮތް އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވުނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *