Ads by
ވިޔަފާރި
މިއަހަރު ނިމޭއިރު ދަރަނި 120 ބިލިއަނަށް ވުރެ ބޮޑުވާނެ: ގާސިމް

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކުރައްވައި، ރާއްޖެ ޑިފޯލްޓު ނުވެ، ނަގާފައިވާ ހުރިހާ ލޯނަކަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މިއަދު ފެންނަނީ މުޅިން ވެސް އިސްލާހުކުރަން ޖެހޭ ކަންތައްތައް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

މި ހިސާބަށް ވާހަކަ ގެންދެވުމަށް ފަހު، ގާސިމް ވިދާޅުވީ، ރާއްޖެ އަށް ލިބޭ އާމްދަނީ ހެޔޮގޮތުގައި ބޭނުންކުރެވި، މަޝްރޫއުތަކަށް ހެޔޮ ގޮތުގައި ހަރަދުކުރެވެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ހެޔޮ އަގުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތައް ބޮޑު އަގުގައި ކުރިއަށް ގެންދިއުމުން ބޮޑެތި އަސަރުތައް ކުރާ ކަމަށެވެ. އޭނާ ލަފާކުރެއްވި ގޮތުގައި، މިއަހަރު ނިމިގެން ދާއިރު ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިގެން ދާނެއެވެ.

“އެއަޅުގަނޑުމެން ޑިފޯލްޓު ނުވެ މި ފައިސާ ދެއްކޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ، ކޮން ގޮތަކަށް ކިހިނެއް ހަދައިގެންތޯ، އަޅުގަނޑުމެންނަށް މި ފެންނަނީ ޓެކްސް ބޮޑުވަމުން އަންނަ މަންޒަރު ދުވަހަކުން ދުވަހަށް” ގާސިމް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ގާސިމް ވިދާޅުވީ، އާންމު ރައްޔިތަކަށް ލިބޭ އާމްދަނީ އަށް ވުރެ 40 ޕަސެންޓް އިތުރަށް ދައުލަތަށް ލިބޭ ކަމަށެވެ. އެކަމުގެ ސަބަބުން އާންމުން ނިކަމެތިކަން އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަނެއްކޮޅުން ދުނިޔޭގެ ތެލުގެ އަގު ބޮޑުވެގެން ހިނގައްޖެ، މިނިމަމް ވޭޖު ކަނޑައެޅިގެން ހިނގައްޖެ، ދެން މިހެން ގޮސް ހަމަ ރިހޭ ފައި މައްޗަށް ފޮއެ މި ވެއްޓެނީ، ދެން ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމާއި މި ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާ މިންވަރާއި، ފުއްދުންތެރިކަން ނެތް މިންވަރު މި ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން،” ގާސިމް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *