Ads by
ޚަބަރު
އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި
ފޮޓޯ: މީސް މީޑިޔާ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކުރިއަށް ހުރި އެކި އެކި އިންތިހާބުތަކުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

Ads by Eki Online

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓްއެއްގައި ބުނެފައިވަނީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މަޝްވަރާތައް ކުރިޔަށްދާއިރު އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއި އަދާލަތު ޕާޓީ ނިކުތީ ކޯލިޝަނެއްގެ ތެރެއިންނެވެ.

އަދާލަތު ޕާޓީ އަކީ 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި ޕާޓީއާއެކު މަސައްކަތްކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ.

ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *