Ads by
ޚަބަރު
މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަން ނިންމައިފި

މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މި 5 އަހަރުގެ ދައުރުގެ ތެރޭގައި 1000 މީހުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

އިއްޔަ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ, ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވަން ނިންމާފައިވާ ކަމަށާއި, އެ މީހުން ކަނޑައަޅާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ހުރިހާ އެންމެން ކުރިމަތީ ނެގޭ ގުރުއަތަކުންކަމަށެވެ.

ހައްޖަށް ދާން ބެނުންވާ ފަރާތްތަކުގެ ތެރެއިން 5 އަހަރު ދުވަހުގެ ތެރޭގަ 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ނިންމުން. އެއީ މެނިފެސްޓޯގައި ވެސް ވީ ވަޢުދެއް. އެކަން ރަސްމީކޮށް ކެބިނެޓުގަ ފާސްކޮށް، މި އަހަރު ފުރަތަމަ ހައްޖަށްދާ މީހުންގެ ތެރޭގައި 50 މީހުން ހިލޭ ހައްޖަށް ފޮނުވާނަން

– ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް އަހަރު އެއަށްވުރެ ގިނަ ވާނެ ކަމަށާއި ފުރަތަމަ ފަށާނީ 50 މީހުން ފޮނުވައިގެން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *