Ads by
ޚަބަރު
ރައީސް ޔާމިންއާއި ގުޅޭގޮތުން ވާހަކަދައްކަވަން ރައީސް މުޢިއްޒު ބޭނުންފުޅެއް ނުވި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭގޮތުން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވިއެވެ.

Ads by Eki Online

މި ސުވާލު ތަކާއި ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގައިމު އިސްކުރާ ކޮންމެ ލީޑަރަކާއި އެކުވެސް ކުރިއަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.

އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިން، ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް މި ހުރީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ސިޔާސީ ލީޑަރަކީ، ގައުމު އިސްނުކުރާ ބޭފުޅަކަށް ވާނެ ކަމަކަށް..

– ރައީސް ޑރ. މުޢިއްޒު

އަދި ރައީސް ޔާމިންއާއި ދެބޭފުޅުންގެ މެދުގައި އުފެދުނުކަމަށް ބުނާ މައްސަލަތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ވާހަކަވެސް އަދި ސިޔާސީ އެހެން ލީޑަރެއްގެ ވާހަކަވެސް “ޕާރސަނަލް ލެވެލްއެއްގައި” ދައްކަވަން ބޭނުންފުޅު ނުވާކަމަށެވެ.

އަޅުގަނޑު މި ދެންނެވީ އެއްވެސް އެހެން ބޭފުޅެއްގެއާ ބެހޭގޮތުން ޕާސަނަލް ލެވެލްއެއްގައި އަޅުގަނޑެއް މިހާތަނަށްވެސް ނުދައްކަމެއް ނޫންހޭ އެއްވެސް ވާހަކައެއް. ދުވަހަކުވެސް ނުދައްކަން. އަޅުގަނޑު އެބޭފުޅަކާ އެހެން ވާހަކަ ދެއްކީމޭ، މިހެން ވިދާޅުވިއޭ، މިހެންގޮސް އެހެން އެއްވެސް މީހެއްގެ ވާހަކައެއް ދައްކާ މީހެއް ނޫނޭ އަޅުގަނޑު މީކީ..

– ރައީސް ޑރ. މުޢިއްޒު

އަދި މީގެ އިތުރުން ރައީސް ޑރ. މުއޢިއްޒުއާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކައެއް ބަޔަކު ދައްކާ ނަމަ، އޭގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން ޖެހޭ ނޫންތޯ ނޫސްވެރިޔަކު އެހުމުން އރމަނިކުފާނު ވިދާޅުވީ، ކެމްޕެއިން ތެރޭގައި ވެސް އެތައް ދޮގު ވާހަކަތަކެއް އަޅުގަނޑާއި ގުޅުވައި ދައްކާފައިވާ ކަމަށެވެ. އަދި އޭގެން އެއްވެސް ވާހަކަޔަކަށް ރައްދުދެއްވާފައި ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *