Ads by
ޚަބަރު
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖައްސައިފި
ފޮޓޯ: ރައީސް އޮފީސް

އާސަންދައިގެ ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަމަޖައްސައިފިއެވެ.

Ads by Eki Online

މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުޢިއްޒެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މެޑިކަލް ޗެކަޕް އާސަންދައިގެ ދަށުން ހެދޭނެ ގޮތް ހަމަޖައްސައި އެކި އުމުރު ފުރާއަށް އެކި ޕެކޭޖް ތައާރަފު ކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާކަމަށެވެ.

އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ

– ރައީސް ޑރ. މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި އާސަންދަ ސްކީމުގައި ރެޖިސްޓަރކޮށްފައި ހުންނަ ސެންޓަރުތަކުން ވެސް ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

އަދި ،ީގެ އިތުރުން މިއަދު ވަނީ އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *