Tuesday, 13 May 2025
Ads by

ސްޓެލްކޯއިން އިންޖީނުގެތަކުގެ މެނޭޖަރުންނަށް މަހާސިންތާއެއް

ސްޓެލްކޯއިން އިންޖީނުގެތަކުގެ މެނޭޖަރުންނަށް މަހާސިންތާއެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ސްޓެލްކޯއިން ބުނީ “ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާސް” ގެ ނަމުގައި މި ހަފުތާގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި މަހާސިންތާގައި އެ ކުންފުނީގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” އިފުތިތާހު ކޮށްދެއްވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި 351 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތް އިފުތިތާހު ކޮށްދެއްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމުގައެވެ. މި ފޮތުގައި ސްޓެލްކޯގެ ހިދުމަތުގެ ތާރީހާއި ތަސައްވުރާއި އަމާޒުގެ އިތުރުން އިންޖީނުގެތަކުގެ އޮނިގަނޑާއި އިންޖީނުގެތަކުގެ މަސައްކަތްތަކާއި ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ކުންފުންޏާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

ސްޓޭޝަން މެނޭޖަރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފިކުރަކީ ގައުމީ އެއް ފިކުރަކަށްވާން ޖެހޭނެ ކަމަށާއި ކުންފުނީގެ ހަރަދުތައް ކުޑަކުރުމާ އެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސްޓެލްކޯއަކީ ވަސީލަތްތަކާއި މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި ގާބިލު ކަމަށް ބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއްކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ސްޓޭޝަން މެނޭޖަރުން ވެސް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އެ މަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި މުވައްޒަފުންނާ ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށް ވުރެ ކުރިއަރައިދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

މި މަހާސިންތާގައި ލީޑަޝިޕް ސްކިލްސް ދަސްކޮށްދިނުމާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާ އެކު އަވަސް ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
Story-featured-1 copy
ކުރު ވާހަކަ: އާޔާ
IMG_9276
ކާމިޔާބު ފިލްމް “ކަމަނާ”- އޮލިމްޕަހުގެ ހައުސްފުލް 37 ޝޯ އަށް ފަހު ޝްވެކް ސިނެމާއަށް!
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
Story-featured-1 copy
ކުރު ވާހަކަ: އާޔާ
IMG_9276
ކާމިޔާބު ފިލްމް “ކަމަނާ”- އޮލިމްޕަހުގެ ހައުސްފުލް 37 ޝޯ އަށް ފަހު ޝްވެކް ސިނެމާއަށް!
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ