Sunday, 26 July 2026
Ads by

ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު މާލޭގެ ގެއެއްގެ ތެރެއަށް މީހަކު ވައްދައި ފޭރުނު މައްސަލައަކާއި ގުޅިގެން އުމުރުން 43 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

މިމައްސަލައިގައި އިއްޔެ ފުލުހުން ވަނީ 26 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުންވެސް ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރު ކުރުމަށްފަހު މި ކުށުގައި ޝާމިލުވާ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެ ހިދުމަތުން މިއަދު ބުނީ ހޯދަމުން ދިޔަ ދިވެހި އަންހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައިރު އޭނާގެ މައްސަލަ ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރިން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ކޯޓުން ދިނީ 30 ދުވަހެވެ. އަދި އަނެއް މީހާގެ ބަންދަށް ދިނީ 60 ދުވަހެވެ.

މި މައްސަލައިގައި މާލޭގެ ގެއެއްގެ ތެރެއަށް އެމީހާ ވައްދައި ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން އަތުލި ކަމަށްވެއެވެ. އަދި ކޭޝް ކާޑުން ގިނަ ފައިސާތަކެއް ފޭރުނު ކަމަށް ފުލުހުން ބުންޏެވެ.

މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލްތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް، ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި