Ads by
ޚަބަރު
ޖެނުވަރީ މަހުން ފެށިގެން ސްކޫލު ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަންފަށަނީ
ފޮޓޯ: މީސް މީޑިޔާ

އަންނަ އަހަރު ޖެނުއަރީން ފެށިގެން ކޮންމެ ދުވަހަކު ސްކޫލުގެ ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާން ކިޔަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Eki Online

އެކަން ހާމަކޮށްފައިވަނީ މިައަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަން ފެށޭނީ ސްކޫލު ދައުރުން ފެށިގެން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާމް ކިޔާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވައުދަކީ ޤައުމިއްޔަތު އާލާކުރުން. އެގޮތުގެމަތިން ސްކޫލު ކުދިން ޤައުމީ ލަވަ ދެކެ ޤައުމީ ދިދަ ދެކެ, ލޯބި ކުރުވަން ޤައުމީ ސަލާމް ކިޔަން އެބަ ޖެހޭ

– ރައީސް ޑރ. މުޢިއްޒު

އަދި މީގެ އިތުރުން މިއަދު ވަނީ ސޯސަލް ހައުސިންގެ ކުލި ކުޑަކޮށްދީފައެވެ. އެގޮތުން ހިޔާ ފްލެޓުގެ ކުލި 3,984 ކުޑަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *