Ads by
ވިޔަފާރި
ޗައިނާގެ ހުޅަނގު ސަރަހައްދުގެ އެންމެ ބޮޑު އެއާލައިން، ސިޗުއަންގެ ދަތުރުތައް ރާއްޖެއަށް
ފޮޓޯ: މޯލްޑިވްސް އިންސައިޑާ

ހުޅަނގު ޗައިނާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ ސިޗުއަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

Ads by Eki Online

އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ އޯގަސްޓު މަހުން ފެށިގެންނެވެ. މި އެއާލައިން ރާއްޖެއަށް ބާއްވާނީ ހަފުތާއަކު ތިން ދަތުރެވެ. ޗައިނާގެ ޗެންޑޫ ޓިއަންފޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ-320 މަރުކާރުގެ ބޯޓެކެވެ.

މި އެއާލައިނަކީ ޗައިނާގެ ޗެންޑޫ ސިޗުއަން ޕްރޮވިންސްގެ ޝުއާންލިއު އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓުކުރާ އެއާލައިނެކެވެ. އެ އެއާލައިނުން އަންނަނީ އެތެރޭގެ އުދުހުންތަކާއި ގައުމުން ބޭރުގައި ވެސް ފުޅާ ދާއިރާއެއްގައި ދަތުރުތައް ބާއްވަމުންނެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުތައް ފެށުމާއެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެެރިންގެ އަދަދު އިތުރުވަމުން އަށްނާނެ ކަމަށް ބެލެވެއެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 80،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ މާކެޓުގެ 7.9 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް އެހެން ގައުމުތަކުގެ އެކި އެއާލައިންތަކުން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވަން ވަނީ މަޝްވަރާކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *