Ads by
ޚަބަރު
ދަރިމައިވުމުގެ ފަރުވާ އާސަންދާ ޚިދުމަތުން ލިބޭ ގޮތް ހަމަޖައްސައިފި
ފޮތޯ: ރައީސް އޮފީސް

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

Ads by Eki Online

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ, އާސަންދައިން ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތްތައް ލިބޭ ގޮތަށް ހަދަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މި ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މި ޚިދުމަތް ދިނުމަށް ރާއްޖޭގައި ޚިދުމަތްދޭ ހޮސްޕިޓަލުތަކުންނާއި ރާއްޖެއިން ބޭރުން ޚިދުމަތް ލިބޭނެ މަރުކަޒުތައް ކަނޑައެޅޭނެ

– ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

އަދި ފާޓިލިޓީ ޚިދުމަތްތައް ފުޅާކުރުމަށް އަންނަ އަހަރު ބަޖެޓްގައި 30 މިލިޔަން ރުފިޔާގެ ފާޓިލިޓީ ފަންޑެއް އޮންނާނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *