Ads by
ޚަބަރު
ރާއްޖޭގެ ހުރިހާ ސޯސަލް ހައުސިން އަކަށް ކުލި ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މައާފް ކޮށްދޭނަން: ރައީސް ޑރ. މުޢިއްޒު
ފޮތޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަޅާފައިވާ ހުރިހާ ސޯސަލް ހައުސިން ޔުނިޓެއްގެ ކުލި ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް މައާފް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ މާލެ، ހުޅުމާލެ ނުވަތަ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެގްރިމެންޓް އަކާއިއެކު ދީފައިވާ ސޯސަލް ހައުސިން ޔުނިޓެއްގެ ކުލި ނުދެއްކިގެން ޖޫރިމަނާއެއް އަރާފައިވާނަމަ ހުރިހާ ޖޫރިމަނާއެއް މައާފްކޮށްދޭނެކަމަށެވެ.

އަޅުގަނޑު ވައުދުވެފައި އޮންނާނެ ސޯސަލް ހައުސިންގެ އެއްވެސް ޔުނިޓެއް ލިބިފައިވާ ފަރާތަކަށް ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައިވާނަމަ އެ ހުރިހާ ޖޫރިމަނާއެއް މައާފްކޮށްދޭނެކަމަށް، އެކަން ތަންފީޒު ކުރާނަން.

  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަދި މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޖޫރިމަނާ ނުހިމަނާ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާނަމަ އެގްރިމެންޓް ހަދާފައިވާ ފަރާތްތަކާއި މަޝްވަރާ ކުރެވިގެން މަހުން މަހަށް ދައްކަން ޖެހޭ ލުއި ނިޒާމެއް ގާއިމުކޮށްދޭނެކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *