Ads by
ޚަބަރު
ޖާބިރު މައިކް ބިންދާލި މައްސަލަ ކޮމިޓީން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

Ads by Eki Online

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލު ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މަޖިލިހުގެ ނައިބު ރައީސަކު ހޮވަން ބޭއްވި ޖަލްސާ އަށް ފަހު، ކޮންމެ ދުވަހަކު ޖާބިރު ގެންދަވަނީ އިހްތިޖާޖް ކުރައްވަމުންނެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާތީއެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަޑައިގަތީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *