Ads by
ޚަބަރު
ޕީޕީއެމް/ޕިއެންސީގެ މާލޭ ސިޓީ މޭޔަރު ޓިކެޓު އާޒިމާއަށް

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެރުވުމަށް އެ ދެ ޕާޓީން ނިންމައިފިއެވެ.

Ads by Eki Online

މައުލޫމާތު ލިބިފައިވާގޮތުގައި އެ ކޯލިޝަނުން މޭޔަރުކަމަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި އާޒިމާއެވެ. އެހެންކަމުން އާޒިމާއަށް ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވެފައިވަނީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށްކަމަށެވެ.

އަދި މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކުރިއަށް ގެންދެވުން ކަމަށް އަޒިމާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން އިތުރު 3 ކެނޑިޑޭޓުން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ.

އެގޮތުން އިއުލާނު ކުރައްވާފައިވަނީ

  • އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
  • ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު
  • ރައީސް ޔާމީންގެ އައު ޕާޓީ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *