Ads by
ޚަބަރު
ޕީސީބީއަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދަން މަޖިލީހަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Eki Online

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީސީބީގެ މެންބަރު ކަމަށް ރައީސް އައްޔަންކުރައްވާފައިވާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވާފައެވެ.

ޕީސީބީއަށް އައްޔަނުކުރި 5 މެންބަރުން:

  • ޕީސީބީގެ ރައީސަކަށް: ހަމްދީ އަގީލް
  • އިކޮނޮމިކްސް ދާއިރާއިން: ހަސަން ޒަރީރު
  • އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު
  •  ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ

7 މެންބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *