Ads by
ޚަބަރު
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރ ޕްރައިމަރީގައި ވާދަކުރުމަށް އާޒިމާ ފޯމު ހުށަހަޅުއްވައިފި

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރ ޕްރައިމަރީގައި ވާދަކުރެއްވުމަށްކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.

Ads by Eki Online

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ ފޯމު ހަވާލު ކުރައްވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމްއާއެވެ.

ފޯމު ހުށައެޅުއްވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވަނީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރެއް މިވަގުތައް މުހިއްމު ވާތީކަމަށެވެެ.

މޭޔަރުގެ އިންތިހާބުގައި މިހާތަނަށް 3 ޕާޓީއަކުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅޭ ޕީޕަލްސް ނޭޝަނަލް ފޮރެންޓް (ޕީއެންއެފް) ވަނީ ވާދަކުރަން ނިއްމާފައެވެ.

އެގޮތުން މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައިވަނީ

  • ޕީޕީއެމް/ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރު
  • އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
  • ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް
  • ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފައްދަވަން މަސައްކަތްކުރާ، ޕީޕަލްސް ނެޝަަނަލް ފުރަންޓުން، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު

މާލޭ މޭޔަރު ކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *