Ads by
ޚަބަރު
ނަމާދު ވަގުތަށް އެފްއެސްއެމްގެ ހުރިހާ ޝެޑެއް ބަންދު ކުރަން ނިންމައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ނިންމައިފިއެވެ.

Ads by Eki Online

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ފަށާފައި މިވަނީ އައު ސަރުކާރާއެކު އެ ކުންފުންޏަށް ބަދަލުތަކެއް ގެނެސް ކުންފުނީގެ އާ އެމްޑީއަކަށް އިސްމާއީލް ސުހައިލް ހަމަޖައްސާފައި ވަނިކޮށެވެ.

މާލެ ސިޓީގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ހުރެއެވެ. އެއީ މާލޭގައި ތިން ޝެޑަކާއި ހުޅުމާލޭގައި ޝެޑެކެވެ.

އެފްއެސްއެމްގެ ކުރީގެ އުސޫލަކީ ނަމާދު ވަގުތަށް ޝެޑްތައް ބަންދު ކޮށްފައި ބެހެއްޓުން ކަމަށްވީ ނަމަވެސް މިދިއަ 5 އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތް ދިނުން ނަމާދު ވަގުތުތަކަށް މެދު ކަނޑާލުން ހުއްޓާލާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަދި އެ ކުންފުނީގެ އައު މެނޭޖްމެންޓުން މިހާރު ނިންމަވާފައި ވަނީ މިއަދުން ފެށިގެން ހުރިހާ ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލުމަށެވެ.

އެފްއެސްއެމް އުފެއްދީ 18 ޑިސެންބަރ 2000 ވަނަ އަހަރުއެވެ. މި ކުންފުންޏަކީ މުޅި ރާއްޖެއަށް ފަސޭހައިން ތެޔޮ ފޯރުކޮށް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ފަރާތެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލިކޮއި3 މަސް ކުރިން

މީހުނަށް ހިދްމަތް ދޭތަންތަން ނަމާދަށް ބަންދު ކުރުމަށްވުރެން ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓްތައް ނަމާދު ވަގުތަށް ބަންދުކުރުން މާއައުލާކަން ބޮޑެއް ނޫން ހެއްޔެވެ؟ މިހިރަހުޅުމާލޭގައި ބޮޑުމިސްކިތާއި ޖެހިގެން މިއޮންނަ ވޮލީއާއި ބާސްކެޓް ކޯޓްގައި މަގްރިބާއި އިޝާ ވަގުތު ހުއްޓާނުލާ ކުޅެމުން އެލަވާ ހަޅޭކެތްވެސް ފެންނަ މީހަކު ނެތެވެ. މިސްކިތުގައި ނަމާދު ކޮއްލެވޭ ވަރެއް ނޫނެވެ. އާބަންކޯ އަކަށް ނަމާދު ވަގުތެއް ނާދެއެވެ

0
0