Ads by
ޚަބަރު
ރައްޔިތުންގެ މަޖިިލިހުގެ ނައިބް ރައީސަކަށް ސަލީމް

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.

Ads by Eki Online

އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާއި ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިޚާބު ވުމާއި ގުޅިގެން އޭނާ ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެ މަގާމު ހުސްވީ ނައިބް ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށް އެ މަގާމުން އެކަމަނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީވާ ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއިއެކުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *