Ads by
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އެގައުމުންވަނީ އެއްބަސްވެފައި: ރައީސް ޑރ. މުޢިއްޒު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ގެންދިއުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ތުރުކީ އާއި ދުބާއީގައި ބޭއްވި ކޮޕް28ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

މާލެ ވަޑައިގަތުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހުވާ ކުރެއްވުމަށް ވަޑައިގެންނެވި އިންޑިއާގެ އިސް ބޭފުޅެއްގެ އަރިހުން ރަސްމީކޮށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ދަންނަވާފައިވާވާނެކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރެވެމުން ދަނީ ޓެކްނިކަލް ލެވަލެއްގައި ކަމަށާއި  އިންޑިއާގެ ބޮޑުވަޒީރާއެކު ކޮޕް28ގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ހާއްސަ ކޮމެޓީއެއް އެކުލަވާލަން ނިންމީ މަޝްރޫއުތައް ގެންދިއުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށްކަމަށެވެ.

އަދި މީގެ އިތުރުން ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ ވާހަކަތައް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ދެއްކެވީ ވޯޓު ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *