Ads by
ޚަބަރު
ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު 15 ދުވަސްތެރޭ އާންމުކުރައްވަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ޚަރަދު ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީވިލާތަށެވެ. އަދި އެއަށްފަހު ރައީސް ވަޑައިގަތީ ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ.

މި ދެ ދަތުރު ނިންމަވާލުމަށްފަހު ރައީސް ޑރ. މުޢިއްޒު މާދަމާ ރައްޖެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައިވަނީ އެއްވެސް ކަމެއް ސިއްރުނުކުރައްވައި، ހާމަކަންބޮޑު ސަރުކާރެއް ހިންގެވުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *