Ads by
ޚަބަރު
އެމްޑީޕީގެ ކޮމިޓީތަކާއި ކުރީގެ ރައީސް ޞާލިޙު ބައްދަލުކުރައްވައިފި

އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެ ޕާޓީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުންތަކުގެ ތަފުސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.

މިއީ ރައީސް ޞާލިޙު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމަށް ހަމަޖެއްސުނުފަހުން ޕާޓީގެ ކޮމިޓީތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޞާލިޙު މި ބައްދަލުކުރެއްވުންތައް ބާއްވާފައި މިވަނީ ކުރިއަށް އޮތް މަހުގައި ބައި އިލެކްޝަންތަކެއް ބާއްވާންހަމަޖެހިފައިވަނިކޮށެވެ.

ކުރީގެ ރައީސް ޞާލިޙު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އއ. އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން އެމްޑީޕީގެ މާ ބޮޑު ހަރަކާތްތަކެއް ހިންގާފައެއްނުވެއެވެ. އަދި ޕާޓީގެ އަޑުވެސް އޮތީ ފަޑުވެފައެވެ.

ނަމަވެސް އިންތިހާބުން ބަލިވުމުން އެ ޕާޓީގެ ޗެއާރޕާސަން ފައްޔާޒު މިފަހުން ވަނީ އެ ޕާޓީން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *