Ads by
ޚަބަރު
ރައީސް ޑރ. މުޢިއްޒު ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ 8 ވަނަ ވަގުތީ ބޮޑުވަޒީރު އަންވާރުލް ޙައްޤު ކަކަރްއާ ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ވަނީ ރައީސް ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މަސްލަހަތާއި، އެއްބައިވަންތަކަމުގެ އަސާސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކަށް ދެބޭފުޅުން ވަނީ ބައްލަވައިލައްވައިފައެވެ.

ހަމައެއާއެކު، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ޓަކައި، އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް އެ ދެބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *