Ads by
ޚަބަރު
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފި

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ މި ލިސްޓް އަލުން ކަނޑައެޅުއްވީ އެ މަނިކުފާނު މިއަދު މިކަމާގުޅޭގޮތުން ނެރުއްވި ޤަރާރަކުންނެވެ.

ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ޤަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 (ސާދަ) ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ވަނީ ކަނޑައަޅުއްވައިފައެވެ.

މި ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީޚަށް ބަދަލުގެންނަވައިފައި ވަނީ މި ލިސްޓުގެ 13 ވަނައިގައި ހިމެނޭ ބާވަތަށެވެ.

އެގޮތުން އަލަށް ގެންނަވައިފައިވާ ބަދަލާއެކު، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން،  1 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާނެއެވެ.

އަދި މީގެ އިތުރުން 14 ނޮވެންބަރ 2024 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *