Thursday, 16 January 2025
Ads by

ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު

ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު

އިއްޔެ ބޭއްވިބައި އިލެކްޝަންގައި ވޯޓުލާ ނިކުމެފައިވަނީ މަދު ބަޔަކު ކަމަށާއި އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް

– ފައްޔާޒް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިއްޔެ ބޭއްވިއިރު މި އިންތިހާބުތަކުގައި އެމްޑީޕީން ވާދަކޮށްގެން އެންމެ ގޮނޑި އެއްވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އިއްޔެގެ އިންތިހާބުގައި މާލޭން ވޯޓްލާން ނިކުތް މީހުންގެ އަދަދު ދަށެވެ. ވޯޓްނުލާ މީހުންގެ އިންސައްތަ ހުރީ 73 ޕަސެންޓްގައެވެ. ނަމަވެސް އެމްޑީޕީ ބަލިވީ ވޯޓްލީ މީހުންގެ ބޮޑު ތަފާތަކުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަދުރޭ
އަދުރޭ
5 މަސް ކުރިން

ބޮކައް ރަންދުނިޔެ ފެނުނީމާ ވާގޮއެއް ތިއޮތީވެފާ ދަލުބޭރުން ޖެހުނުބައެއްގެ އަވާގާޖެހިގެން ހަލާކުވީ ދެންވެސް ނިދިންހޭލެވޭތޯ ބަލާ

ނަޝީދު
ނަޝީދު
5 މަސް ކުރިން

މަޝްހޫރުކަމާ, އާރާއި ބާރާ, މަޤާމު އަދި ރުފިޔާގެ ދަހިވެތި ކަމުގަ ރާއްޖޭގަ އޮތް އެންމެ އެކްޓިވް އެންމެ ވަރުގަދަ ސިޔާސީ ޕާޓީގައި ކަތުރު ފަނި އަޅުވައި ހަލާކު ކުރި މީހަކީ ތީ. ޙަޤީގަތަކީ އެމްޑީޕީ, އެމްޑީޕީ ގޮތުގަ އެންމެ ވަރުގަދަ ޕާޓީ ގޮތުގަ އޮތީ ރައީސް ނަޝީދު ޕާޓީގެ ހެޑް ގެ ގޮތުގައި ހުރިއިރު.

Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ