Ads by
ޚަބަރު
ކޭޕާކު މައްސަލައިގައި މަންޑޭއަށް 200 އަށް ވުރެ ގިނަ ދައުވާ ކުރަނީ

ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 އެއްހާ ދައުވާ ކުރަން އަންނަ ހަފުތާގެ ތެރޭގައި ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުން ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި، ބޭނުންކުރުމުގެ ސްކޭމްގެ ތެރެއިން 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ޝަމީމް ވަނީ ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްއެއްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ޕެންޓްހައުސްއަކީ މަންޑޭ އާއި އާއިލާ ދިރިއުޅެމުންދާ ތަނެވެެ.

އެ އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އިއްބެ7 މަސް ކުރިން

ބަހާލައިގެން500ދައުވާޔަށްހެދުމުން20ވިއްސަކަށްއަހަރުންމައްސަލަނިމިދާނެއެވެޕީޖީވެސްބޭނުންވަނީކަންކަންކުރާކަންދެއްކުމެވެކަމެއްއަވަސްކުރާކަށްބޭނުމެއްނުވެއެވެ

0
0