Ads by
ޚަބަރު
މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި ކުރިމަތިލާން އެމްޑީޕީން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑި އާއި އެކު ކައުންސިލުން ހުސްވެފައިވާ 4 ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

މާލޭ މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމު އަދާ ކުރައްވަމުން ގެންދެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.

މާލޭގެ މޭޔަރާ އެކުގައި އެ ކައުންސިލްގެ ޖުމްލަ ހަތަރު ގޮނޑިއެއް ވަނީ ހުސްވެފައެވެ. އެއީ

  • މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް
  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރް
  • ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ޝަމްނާޒް

އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށެވެ.

އެމްޑީޕީން ހާމަކުރިގޮތުގައި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ އެ ގޮނޑިތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *