Ads by
ޚަބަރު
ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.

Ads by Eki Online

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އަންކާރާގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑދ. މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެފައެވެ.

އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު، ތުރުކީވިލާތުގެ މިނިސްޓަރއާ ޙިއްޞާކުރެއްވިއެވެ.

އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ނިންމެވުމާއި، ވައިގެ އުދުހުންތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ޤައުމުގެ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *