އެކި ވަސީލަތްތަކުގެ އެހީގައި ކުޅެވޭ ގޮތަށް ފަރުމާކޮއްފަ ހުންނަ ވީޑިއޯ ގޭމުތަކަކީ އަދުގެ ކިޔަވާކުދީންގެ ދިރިއުޅުމުގެ މުހިންމު ދައުރެއް އަދާކުރާ މިތުރަކަށް ވީނަމަވެސް މިއީ ކިޔަވާ ކުދީންގެ ގައިގައި އެތަކެއް ނޭއްގާނީ ސިފަތަކެއް އަށަގަތުމަށް ހުޅުވެގެންދާ ދޮރެކެވެ. ވީޑިއޯ ގޭމުތަކުގެ ތެރެއިން “ފޯޓްނައިޓް” “ޕަބްޖީ” އަދި “މައިންކްރާފްޓް” ފަދަ ގޭމުތަކަކީ އަދުގެ ކިޔަވާ ކުދިންގެ މަޤްބޫލުކަން ހޯދައިފައިވާ ގޭމުތަކެވެ.
މިފަދަ ގޭމުތައް ކުޅުމުގެ ސަބަބުން ފައިދާ އާއި ގެއްލުން ވެސް ލިބޭ ކަމީ ޤަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އާންމު ދިރިއުޅުމުގެ ގިނަ ވަގުތު ކިޔަވާ ވީޑިއޯ ގޭމުތަކުގައި ހޭދަކުރުމުގެ ސަބަބުން މިއަދު ވީޑިއޯ ގޭމުތައް މިވަނީ ކިޔަވާކުދިން މުނިފޫހިފިލުވައިދޭ ބައިވެރިއަކަށް ވެފައެވެ. ވީޑިއޯ ގޭމު ކުޅުމުން އުނގެނުމުގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން ލިބޭ ލޮޑުކަމާއި، ހާސްކަން ފިލިވުމަށާއި، ދިރިއުޅުމުގައި ދިމާވާ ތަފާތު ހިތްދަތިކަން ފިލުވައިލުމަށް މަގުފަހިވެއެވެ.
މިހާރުވެސް ދުނިޔޭގެ ނިސްބަތުން ބަލާއިރު “އެންޒައިޓީ، ޑިޕްރެޝަން” ފަދަ ކަންކަން ހުންނަ ކުދިންނަށް ވެސް މިފަދަ ގޭމުތައް ކުޅުމުގެ ތެރެއިން ސިކުނޑީގައި އުފެދޭ ބޭކާރު ޚިޔާލު ތަކާއި ދުރުވެވެއެވެ. މީގެ ސަބަބުން ތަފާތު މިޒާޖުގެ މީހުންނާއި އެކު އުޅެން ދަސްވެ، ފަހި ވިސްނުމަށް ކިޔަވާ ކުދިން ހުށަހެޅެއެވެ. ހަމައެއާއިއެކު، މިފަދަ ގޭމުތަކުގެ ސަބަބުން ކިޔަވާ ކުދީންގެ ލޯތައް ހުޅުވި، ދިރިއުޅުމުގައި ދިމަވާ ތަފާތު އެކި މައްސަލަތައް ހައްލުކުރާނެ އެންމެ ފުރިހަމަ ގޮތް ދަސްވެއެވެ. ތަފާތު ގަވާއިދު ތަކާއި، ފަހެލި ވިސްނުމަށް މަގުފަހުކުރުވާ ގޭމުތަކުގެ ސަބަބުން ވަކި މަޤްސަދެއް ކަނޑައަޅައި އެ ކަމެއް ހާސިލްކުރުމަށް ކުދީންނަށް މަޖުބޫރުވެއެވެ.
މިކަމުގެ ސަބަބުން ކަންކަން ރޭވުމާއި، އިންތިޒާމްކުރުމާއި، އުފެއްދުންތެރިކަމުގެ ހުނަރު ގޭމުތެރެއިން ކުދީން ގައިގައި އަށަގަނެއެވެ. މިހާރުވެސް “ޓެޓްރިސް” “ސްކޮޑްގޭމް” ފަދަ ގޭމުތައް ކުޅޭ ކުދީންގެ ކިބައިން ދިރިއުޅޭ ވެށީގައިވެސް ދިމަވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތާއި، ހެދޭ ގޯސްތައް ހައްލުކުރުމުގެ ރިވެތި ސިފަ ފެނިގެންދެއެވެ. މީގެ ސަބަބުން އީޖާދީ ޚީޔާލުތަކަށް ލަ ކުދިންގެ ސިކުނޑިތައް ހުޅުވި، ވެށީގެ މުހުތާދުތައް ފުއްދޭ ބަޔަކަށް ކިޔަވާ ކުދިން ވެގެންދެއެވެ.
ވީޑިއޯ ގޭމުތައް ކުޅުމުން ކިޔަވާ ކުދިންނަށް އެދެވޭ އަސަރުތަކެއް ކުރިނަމަވެސް މީގެ ސަބަބުން ލިބޭ ގެއްލުން ވެސް މަދެއް ނޫނެވެ. އެގޮތުން، ކިޔަވާ ކުދީން ވީޑިޔޯ ގޭމުތައް ކުޅުމަކީ އަނިޔާވެރި އާދަތަކަށް މަގުފަހިވާ ކަމެކެވެ. ވީޑިއޯ ގޭމުތަކަކީ ޅަ ކުދީންގެ ސިކުނޑިއާ ކުޅެލައި އަނިޔާވެރި، އަދި އެތަކެއް ނޭދެވޭ ކަންތައްތަކެއް ހިމެނިގެން ފަރުމާކުރެވިފައިވާ ގޭމުތަކެވެ. މިފަދަ މަންޒަރުތައް ގޭމުތަކުން ފެނުމުގެ ސަބަބުން ކުދީން އެ ޢަމަލުތައް ނަކަލުކޮށް އާންމު ދިރިއުޅުމުގައި ބޭނުން ކުރެއެވެ.
ވީޑިއޯ ގޭމުތަކުން ފެންނަ ފަދައިން ތަޅާފޮޅުމާއި، ބަނޑިޖެހުމާއި، މާރާމާރި ހިންގުމާއި، ވައްކަން ކުރުން ފަދަ ނުބައި އާދަތަކަށް ޅަ ކުދިން ގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެދުމަކީ މުސްތަޤްބަލުގައި ޤައުމުގެ ކުރިއެރުމަށް އެޅޭ ނުރައްކާތެރި ހިޔަންޏެކެވެ. މީގެ ސަބަބުން މުޖްތަމަޢުގެ އަފުރާދުން ގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ، މުސްލިމުން ގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމުގެ މާތް ސިފަ ނެތިގެންދެއެވެ.
މީގެ އިތުރުން ވީޑިއޯ ގޭމުތައް ކުޅުމުގެ ސަބަބުން ސިއްޙީ ގޮތުން ތަފާތު ގެއްލުންތައް ކިޔަވާ ކުދީންނަށް ލިބެއެވެ. ވީޑިއޯ ގޭމުތައް ކުޅުމަށް މާ ގިނައިރު ސްކްރީނަށް ބަލަހައްޓައިގެން ތިބުމުގެ ސަބަބުން ލޮލުގެ ރެޑިނާއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ހަމައެއާއިއެކު މިފަދަ ގޭމުތަކަކީ އެއަށް ކުދީން ދެވިހިފާ ގޭމުތަކަށް ވުމުން މާ ގިނައިރު އެސްފިޔަ ނުޖަހާ ސްކްރީނަށް ބެލުމުގެ ސަބަބުން ގުދުރަތީ ތެތްކަން ކެނޑި، ލޮލަށް ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. މިހާރުވެސް މާ ގިނައިރު ސްކްރީނަށް ބަލަހައްޓައިގެން ތިބޭ ކުދީން “ޑްރައި އައި ޑިސީސް” ފަދަ ނުރައްކާތެރި ބަލިތައް ޖެހުން ގާތްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ޅަ ޢުމުރުގައި ނުރައްކާތެރި ބޮޑެތި ބަލިތައް ކުދިން ތަހައްމަލް ކުރަން ޖެހެއެވެ. އެހެންކަމުން. ވީޑިއޯ ގޭމްތަކުގެ ސަބަބުން ޅަ ކުދިންނަށް ހެޔޮ އަސަރާއި ނުބައި އަސަރު ވެސް ކުރާކަމީ ދެކޮޅުނުހެދޭނެ ހަޤީޤަތެކެވެ.